އިސްރާއީލު ސިފައިން ވަދެ ރާމަﷲގައި ހުންނަ އަލްޖަޒީރާގެ ބިއުރޯ ބަންދުކޮށްފިއެވެ.
އަލް ޖަޒީރާ އިން ފަލަސްތީނުގެ ރާމަﷲގައި ހިންގާ މީޑިއާ ބިއުރޯ އޮފީހަށް އިސްރާއީލުގެ ސިފައިން ވަދެފައިވަނީ އެތަނުގައި އެ ވަގުތު ލައިވްކޮށް ޕްރޮގްރާމެއް ކުރިޔަށް ދަނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.
ހަތިޔާރާއެކު އެބިއުރޯއަށް ވަތް އިސްރާއީލުގެ ސިފައިން ވަނީ އެބިއުރޯގެ އެންމެ އިސްފަރާތަށް ނޯޓިސް ހަވާލުކޮށް ބަންދުކޮށްފައެވެ.
އިސްރާއީލު ސިފައިން ވަނީ އެ ވަގުތު އެތަނުގައި ތިބި އަލް ޖަޒީރާގެ މުވައްޒަފުން ވީހާވެސް އަވަހަކަށް އެ ތަނުން ނިކުތުމަށް އަންގާފައެވެ. އަދި ހަމައެކަނި ގެންދެވޭނީ އަމިއްލަ ސާމާނު އެކަނިކަމަށް ސިފައިން އަންގާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ރާމަﷲގައި ހުންނަ އަލްޖަޒީރާ ބިއުރޯ ބަންދުކުރުމުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ގިނަ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. މީގެ އިތުރުން ގިނަ ނޫސްވެރިން ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ