އިރާނުން އަލަށް އުފެއްދި ޑްރޯނާއި މިސައިލުތައް ދައްކާލައިފިއެވެ.
މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި އިރާނުން އަލަށް އުފެއްދި ޑްރޯނާއި މިސައިލު ދައްކާލައިފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ޕެރޭޑެއްގައެވެ.
އެ ޕެރޭޑްގައި ވަނީ އެ ގައުމުން އަލަށް އުފެއްދި، ބެލިސްޓިކް މިސައިލާއި ޑްރޯން ދައްކާލައިފައެވެ. އެ ޑްރޯނަކީ ވަން ވޭ ޑްރޯނެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އިރާނުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ހުޅަނގުން ތުހުމަތު ކޮށްފައިވާ އިރު، އިރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އިރާނުން ދައްކާލި މިސައިލަކީ އެ ގައުމުގެ ރިވޮލިއުޝިނަރީ ގާޑުގެ އެއިރޯ ސްޕޭސް އާމުން އުފައްދާފައިވާ މިސައިލެކެވެ. އޮފިޝަލުން ވަނީ 1000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭ ގާބިލުކަން އެ މިސައިލަށް ލިބިފައިވާ ކަމަށް ފާހަގަކޮށްފައެވެ.
އިރާނުން ދައްކާލި ޑްރޯނަކީ 4000 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ