މާލޭގެ މަގުމަތިގައި ގިނަ ދުވަސްވެ، ބާ ވެފައި ހުރި އެއްގަމު އުޅަނދުތައް ނެގުމަށް ފެށި މަަސައްކަތުގެ ތެރެއިން މިއަދު 224 ސައިކަލް ނަގާފައިވާ ކަމަށް ބުންޏެވެ.
މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލެ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް އަނެއްކާ ވެސް ނަގަން ފެށީ ހެނދުނު އަށެއް ޖެހިއިރުއެވެ.
އެ މަސައްކަތް މިއަދު ހަވީރު 4:30 ގައި ނިންމާލާފައިވާއިރު މާލެ ސިޓީ ކައުންސިލުން ދެންމެ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ކުރި މަސައްކަތުން ޖުމުލަ 224 ސައިކަލު ނަގާފައިވާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، ނައްތާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ފުލުހުންނާއި ވެމްކޯ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުވެސް ޕްރޮގްރާމެއް ހިންގި އެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެ ފަހަރު 300 އެއްހާ ވެހިކަލް ނައްތައިލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު