ކުރިއަށް އޮތް ފަސް އަހަރުގެ ރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް އެންވަޔަރަމަންޓް މިނިސްޓްރީން އިފްތިތާހުކޮށްފިއެވެ.
އެންވައިރަމަންޓު މިނިސްޓްރީގައި މިއަދު ބޭއްވި ހަފުލާގައި، ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024–2029" އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.
ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އަމާޒު ހިފާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮޕް-28ގެ ވައުދުފުޅާ އެއްގޮތަށް އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު އިތުރުކުރުމަށެވެ.
- އިރުގެ އަތްވާއި އަލީގެ ޓެކްނޮލޮޖީގެ އިތުރުން، ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދައި އަޖުމަ ބަލައި ތަރައްގީކުރުން.
- ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އާ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުން.
- ހަކަތަ ސަމަކާރަކުރުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރު ކަންކަން ތައާރަފުކޮށް ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުން.
- ހަކަތައިގެ ދާއިރާ ވަރަށް ޝާމިލު ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ތެރެއަށް އިއާދަކުރަނިވި ހަކަތަ ތައާރަފުކުރުން.
- ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް ހަރުދަނާކުރުން.
ޚަބަރު
ޚަބަރު
ޚަބަރު