ޔަމަނުން ވަރުގަދަ ހަމަލާއެއް އިސްރާއީލަށް ފޮނުވައިފިއެވެ.
ޔަމަނުން އިސްރާއީލަށް ފޮނުވާލި ދިގުރާސްތާ މިސައިލް ހަމަލާ އަމާޒުވެފައިވަނީ އިސްރާއީލުގެ މެދުތެރެއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިއްޔެ ދިން އެ ހަމަލާގައި ނުވަ މީހަކަށް އަނިޔާ ވެފައިވާއިރު އެއްވެސް މީހަކު މަރު ނުވާކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލަށް ދިން މި ހަމަލާގެ ސަބަބުން އެ ގައުމުގެ މެދުތެރޭ މޯޑިން ސަރަހައްދުގެ ރޭލު ސްޓޭޝަނަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އަލިފާން ރޯވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުން އެހަމަލާގެ ތަހުގީގެއް ފަށާފައިވާއިރު، ހަމަލާ ހުއްޓުވުމުގެ ގާބިލުކަން އެ ގައުމުގެ ދިފާއީ ނިޒާމަށް ލިބިފައި ނުވުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ