ކޮންގޯގައި ބަގާވާތް ކުރަން އުޅުނު 37 މީހަކު މެރުމަށް ހުކުމްކޮށްފިއެވެ.

މިއަހަރުގެ މެއި މަހު ކޮންގޯގައި ކުރަން އުޅުނު ބަގާވާތުގައި އިދިކޮޅުން ވަނީ އެ ގައުމުގެ ރައީސް ވެރިކަމުން ދުރުކުރުމަށް މަސައްކަތްކޮށްފައެވެ.

ކޮންގޯގައި ބަގާވާތް ކުރަން ރާވައި އެކަން ކުރުމުގައި އެންމެ އިސްކޮށް އުޅެފައިވަނީ އެމެރިކާއަށް ނިސްބަތްވާ ހަތަރު މީހުން ކަމަށް އޮފިޝަލުން ބުނެއެވެ. އޭގެތެރެއިން އެކަކު ވަނީ ފިލައިގެން ގައުމު ދޫކޮށް ގޮސްފައެވެ.

ކޮންގޯގެ މިލިޓަރީ ކޯޓުން ކުރި ހުކުމުގައި ވަނީ އެމެރިކާ ތިން މީހަކު ހިމެނޭހެން 37 މީހަކު މެރުމަށް ހުކުމްކޮށްފައެވެ.