ސްރީ ލަންކާގެ ޕާކަކުން ކޮކާތަކެއް ވަގަށް ނެގި އިޓަލީ ބަޔަކު ދެ ލައްކަ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ލަންކާގެ ޔަލާ ނެޝަނަލް ޕާކަށް ޒިޔާރަތްކުރި އިޓަލީއަށް ނިސްބަތްވާ ލުއިގީ ފެރާރީ އާއި އޭނާގެ 28 އަހަރުގެ ދަރިފުޅު، މާޓިއާ މި އަހަރުގެ މެއި މަހު އެ ޕާކުން ވައްކަން ކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވެއެވެ.

ލުއިގީ ފެރާރީ އާއި ދަރި މާޓިއާ ހައްޔަރުކޮށް ހިންގި ތަހުގީގުން ވަނީ އެ ދެމީހުން އެ ޕާކުން ނިކުމެގެން ދިޔައިރު 92 ބާވަތެއްގެ ކޮކާ ފުޅިޔަކަށް އަޅައި އެ ޕާކުން ބޭރުކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަވެފައެވެ.

ކޮކާލުގެ އިތުރުން 100 އަށްވުރެ ގިނަ އެހެން ބާވަތްތަކުގެ ސޫފިވެސް ބޭރު ކުރި ކަމަށް އޮފިޝަލުން ބުނެއެވެ.

ތަހުގީގުން ވަނީ އެ ދެމީހުން ބޭރުކުރަން އުޅުނު ހުރިހާ ސޫފިތަކެއް ގިނަ ދުވަހަށް ބެހެއްޓުމަށް ވެކްސް ބޭނުން ކޮށްގެން ހަލާކު ނުވާގޮތް ހެދުމަށް އެ ދެމީހުން ރާވާފައިވާކަންވެސް ހާމަވެފައެވެ.

ތަހުގީގަށްފަހު މިމަހުގެ ކުރީކޮޅު ލަންކާގެ ކަމާބެހޭ އިދާރާއިން ވަނީ އެ ދެމީހުން 60 މިލިއަން ސްރީލަންކަން ރުޕީސް ނުވަތަ 200،000 އެމެރިކާ ޑޮލަރުން އެ ދެމީހުން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ.