ޗައިނާގައި ރިޓަޔާކުރާ އުމުރަށް ބަދަލު ގެނެސްފިއެވެ.
1950 އަހަރު ފަހުން ޗައިނާގައި އަމަލު ކުރަމުންގެންދިޔަ ރިޓަޔާކުރާ އުމުރަށް ބަދަލު ގެނެސްފައިމިވަނީ އެ ގައުމުގައި އުމުރުން ދުވަސް ވީ މީހުންގެ އާބާދީ ބޮޑުތަނުން އިތުރުވެ ޕެންޝަން ބަޖެޓަށް ބާރު ބޮޑުވުމުން ކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގެ އަންހެނުންގެ ތެރެއިން މަސައްކަތު މީހުންގެ ފެންވަރު، ނުވަދަ ފެކްޓްރީތަކުގައާއި އިންޑަސްޓްރިއަލް މަސައްކަތްތައް ފަދަ މަސައްކަތް ކުރާ މީހުންގެ އުމުރު 50 އަހަރުން 55 އަހަރަށް މަތި ކުރުމަށް ނިންމާފައެވެ.
ޗައިނާގައި އޮފީސްތަކާއި ޑެސްކު ޖޮބްތައް ފަދަ ވަޒީފާތަކުގައި މަސައްކަތް ކުރާ އަންހެނުން ރިޓަޔާކުރާ އުމުރު ކަމުގައި ބަދަލު ގެނެސްފައިވަނީ އުމުރުން 55 އަހަރުން 58 އަހަރަށެވެ.
ޗައިނާގެ ރިޓަޔާކުރާ އުމުރަށް ގެންނަ ބަދަލުގައި އެ ގައުމުގެ ފިރިހެނުންގެ އުމުރު ވަނީ 60 އަހަރުން 63 އަހަރަށް ބަދަލު ކޮށްފައެވެ.
ޗައިނާ ސަރުކާރުން ވަނީ މި ބަދަލު ގެންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް އިއުލާން ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ