އިލެކްޝަންސް ކޮމިޝަން (އީސީީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އީސީގެ ރައީސްގެ މަގާމަށް ފުއާދު އައްޔަން ކުރައްވާފައިވަނީ 2019 ނޮވެމްބަރުގައެވެ. އޭނާގެ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެމްބަރުގައެވެ.
ރައީސް އޮފީހުން މިއަދުކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމާ ހަމައަށް އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ފޯމުތައް ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
- މުސްލިމަކު ކަމުގައިވުން
- ދިވެހި ރައްޔިތަކު ކަމުގައިވުން
- އުމުރުން 25 އަހަރު ވެފައިވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު