ފުލުހުންގެ ސައްހަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ބުނާ މައްސަލައެއްގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ސައްހަ ނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރުކުރަމުންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ސާމާނު ހިފަހައްޓާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ތައްޔިބު އޭރު ގެންގުޅުން ސިމް ފުލުހުން ކްލޯން ކުރި އެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ދިރާގުން ފުލުހުންނަށް ފަހިކޮށްދިން ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ތޮއްޔިބުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓިއެވެ. ތައްޔިބު އޭރު ގެންގުޅުން ސިމް ފުލުހުން ކްލޯން ކުރިއެވެ. އެއީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި ސަރުކާރު ވެރިކަމަށް އައިސް، ތޮއްޔިބަށް ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސުޕަވައިޒަރުގެ މަގާމު ދިން ނަމަވެސް މަހެއްހާ ދުވަސް ފަހުން އެ މަގާމުން އޭނާ ވަކިކުރިއެވެ. އޭނާ ވަނީ މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފައެވެ.