ކަރުގައި ގަލަމެއް ޖައްސައި ބިރު ދައްކައިގެން ފޭރުނު މީހަކު ފުލުުން ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން އަމުރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، ގދ. ވެންސްޓް ސައިޑް އިއްފަތު މުހައްމަދެވެ.
މީނާ ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައިވާގޮތުން، އޭނާ ވަނީ ޖުމްހޫރީ މައިދާނުން ދިމާވި މީހަކަށް އާސަންދަ ހަމަޖައްސައިދޭނެ ކަމަށްބުނެ، އޭނާ ގޮވައިގެން ގޮސް ގޯޅިއެއްގައި ހުރި ގެއަކަށް ވައްދައި އެމީހާގެ ފޯނާއި ފައިސާ އަތުލަން މަސައްކަތްކޮށްފައެވެ. އޭނާ އެކަން ކުރީ އެމީހާގެ ކަރުގައި ގަލަމެއް ޖައްސައި ހަޅޭ ނުލެވުމަށް އިންޒާރު ދިނުމަށްފަހުގައެވެ.
މީނާއަކީ ފޭރުމުގެ ކުށާއި އެހެނިހެން ހުއްތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
އެގޮތުން ހުޅުމާލޭ އެން ސިސް ފެކްޓަރީ އޮފީހުގެ މުވައްޒަފެއްގެ އިނގިލިތައް ކަފާލުމަށްފަހު ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައަކާ ގުޅިގެން މީގެކުރިން އޭނާ ވަނީ ހަައްޔަރު ކޮށްފައެވެ.
އެންސިސް ފެކްޓަރީގެ އޮފީހުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށް ތޫނު އެއްޗެހިން ބިރުދައްކައި އެ މުވައްޒަފުގެ އިނގިލިތައް ކަފާލުމަށްފަހު، 359000 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
މީނާ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ ވާނުވާ ބަންދެއްގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު