ގައުމުން ބޭރުގައި މަސައްކަތްކުރާ ލަންކާ މީހުން މިދިޔަ މަހު އެ ގައުމަށް 577.5 މިލިއަން ޑޮލަރު ފޮނުވި ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާއިން ބުނެފިއެވެ.
ލަންކާގެ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމެންޓް އިން ވަނީ ރެމިޓެންސްގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު އެ ގައުމަށް 577.5 މިލިއަށް އެމެރިކާ ޑޮލަރު ފޮނުވާފައިވާ ކަމަށާއި އެއީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅައިބަލާއިރު 11 އިންސައްތަ އިތުރުވުމެއް ކަމަށް ފާހަގަކޮށްފައެވެ.
ލަންކާއިން ބޭރުގައި މަސައްކަތް ކުރާ އެ ގައުމުގެ މަސައްކަތްތެރީން ގައުމަށް ފޮނުވާފައިވާކަމަށް ލަންކާގެ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމެންޓް އިން ހާމަކޮށްފައިވާ އަދަދަކީ އެ ގައުމުގެ ބޭންކުތައް މެދުވެރިކޮށް ރަސްމީކޮށް ލިޔެކިޔުންތަކާއެކު ފޮނުވާފައިވާ އަދަދެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަ ސިންހަ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 12.4 ބިލިއަން އެމެރިކާ ޑޮލަރު ލަންކާގެ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމެންޓް އިން ޓްރެކް ކޮށްގެން އެތެރެވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަހަރު މިހާތަނަށް ޖުމްލަ 4،288 މިލިއަން އެމެރިކާ ޑޮލަރު ބޭރުގައި ތިބި މަސައްކަތްތެރިންގެ ފަރާތުން އެތެރެވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ