އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އާއިލީ ހަވީރު "އެލައިޑް ފެސްޓް"ގެ ތިންވަނަ އަދަދު، އަންނަ ހުކުރު ދުވަހު ކުރިއަށްގެންދަން ނިންމައިފިއެވެ.
އެލައިޑުން ބުނީ، "އެލައިޑް ފެސްޓް" އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކަމަށެވެ.
އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލި ފުރުސަތުގެ ތެރެއިން؛ ނޫނި ބޭކްސް، ބޭކިން ރޫމް އަދި ޑޯނަޓް ފެކްޓްރީ މި އިވެންޓުގެ ވެންޑާސްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން ބުނި ގޮތުގައި "އެލައިޑް ފެސްޓް"އަކީ އާއިލާތަކަށް ހާއްސަކޮށްގެންގެން ކުރިއަށްގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ އިންޝުއަރަންސް ޕްލޭންތަކާއި ތަކާފުލް ޕްލޭންތަކާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކޯޓޭޝަން ނެގުންވެސް ކުރިއަށްދާނެއެވެ. އަދި މިހާރު ކުރިއަށްދާ "އެލައިޑް ލައިފް ޕްރޮމޯޝަން"ގައި ބައިވެރިވުމުގެ ފުރުސަތުވެސް އިވެންޓް މެދުވެރިކޮށް ލިބޭނެ ކަމުގައި އެލައިޑުން ބުންޏެވެ.
އެލައިޑް ލައިފް ޕްރޮމޯޝަނަކީ ލައިފް އިންޝުއަރަންސް ޕްލޭނެއް ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމް އިން 50 ޕަސަންޓު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އިން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު