ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި މީހަކު 10 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކުރިމިނަލް ކޯޓުން މިހުކުމް ކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު ޝެހެނާޒް މުހައްމަދު އަލީގެ މައްޗަށެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމްގައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން، މުހައްމަދު އަލީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.
މި ކުށުގެ އުގޫބާތެއްގެ ގޮތުން މުހައްމަދު އަލީ ދިހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު