ވިއެޓްނާމަށް ބާރުގަދަ ތޫފާނެއް އަރައި 127 މީހަކު މަރުވެއްޖެއެވެ.
ވިއެޓްނާމުގެ އުތުރުގެ ސަރަހައްދުތަކަށް އަރާފައިވާ ބާރުގަދަ ތޫފާނުގައި ބޯކޮށް ވާރޭވެރި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ތޫފާނުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކުގައި މިހާތަނަށް 127 މީހަކު މަރުވެފައިވާއިރު 54 މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެންވަދެ ދިރިނޫޅެވޭވަރު ވެފައިވުމާއެކު އެތައް ހާސްބަޔަކު ގޭގޭގެ ފުރާޅުމަތީގައި އެހީއަށް އެދި އެދި ތިބިކަމަށްވެސް ރެސްކިއު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން، 1.5 މިލިއަން މީހުން އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ތޫފާން ޔަގީ ގެ ނަމުން ނަން ދީފައިވާ މި ތޫފާނަކީ ވޭތުވެދިޔަ 30 އަހަރު ތެރޭ ވިއެޓްނާމަށް އަރާފައިވާ އެންމެ ބޮޑު އަދި ބާރުގަދަ ތޫފާން ކަމަށް މޫސުން ދިރާސާކުރާފަރާތްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ