ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަގާމަށް، ގ. ގާކޮށި ފްލެޓް 111-ބީ، އިސްމާއިލް ހަބީބު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަބީބު އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހަބީބު ވަނީ ރައީސްގެ ކުރިފުޅުމަތީގައި އެޗްއާރުސީއެމްގެ މެންބަރުކަމުގެ ހުވައިކުރައްވައިފައެވެ. ހަބީބަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހަބީބު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ނައިބު ރައީސްގެ މަގާމު އަދާކުރައްވައިފައެވެ. އެ މަގާމު ހަބީބު އަދާކުރެއްވީ 2021 އިން ފެށިގެން މިއަހަރު އޭނާގެ ދައުރު ހަމަވަންދެނެވެ. ހަބީބު ވަނީ ޖެހިޖެހިގެން ދެ ދައުރު އީސީގެ މެންބަރުކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ހަބީބަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު