ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އައިޝަތު ރިޒްނާ އިސްތިއުފާ ދެއްވައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެމްޑިމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ރިޒްނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ. ރިޒްނާ އެ މަގާމަށް ހަމަޖައްސަވާފައިވަނީ 27 ސެޕްޓެމްބަރު 2020ގައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަކީ ރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން ޑީޖޭއޭގެ އިސްވެރިއާގެ ގޮތުގައި އުފައްދާފައިވާ މަގާމެކެވެ.
ރިޒްނާ މަގާމުން އިސްތިއުފާ ދެއްވި އިރު ޖޭއެސްސީން ވަނީ އޭނާއާ ގުޅޭ މައްސަލައެއް ބަލަން ފަށައިފައެވެ. ޖޭއެސްސީން ބަލަމުންދަނީ ޑީޖޭއޭއަށް މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ރިޒްނާ އަމުލުކުރި ގޮތާއި ގުޅޭ ގޮތުން ހުށަހެޅި މައްސަލައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު