ޔުގެންޑާގެ އޮލިމްޕިކްސް އެތުލީޓަކަށް ހަމަލާދީ މަރާލައިފިއެވެ.
ޔުގެންޑާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އެގައުމުގެ އޮލިމްޕިކްސް އެތުލީޓް، ރެބެއްކާ ޗެޕްޓެގެއި އަށް ހަމަލާދީފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާއެވެ.
އެ ހަމަލާގައި ރެބެއްކާގެ ގަޔަށް ޕެޓްރޯލް އަޅައި އަލިފާން ރޯކޮށް މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނީ ދާދިފަހުން ޕެރިހުގައި އޮތް އޮލިމްޕިކްސްގައި ބައިވެރިވި އުމުރުން 33 އަހަރުގެ ރެބެއްކާއަށް ދިން އެ ހަމަލާގެ ސަބަބުން ހަށިގަނޑުގެ ބޮޑުބައެއް އަނދައި މަރުވެފައިވަނީ ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.
ރެބެއްކާގެ ކުރީގެ ލޯބިވެރިޔާއަށް ވެސް ކުދި އަނިޔާ ވެފައިވާ ކަމަށާއި އޭނާއަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުންޏެވެ.
ޔުގެންޑާގެ ފުލުހުން ވަނީ އެ ހާދިސާގެ ތަހުގީގު ފަށައިފައެވެ. އަދި އެ މައްސަލައިގައި ރެބެއްކާގެ ކުރީގެ ލޯބިވެރިޔާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވުމުން ތަހުގީގު ލަސްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ