ނޫސްވެރިއަކަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މަރުގެ އިންޒާރު ދީފައިވަނީ "ޗެނަލް 13" ގައި މަސައްކަތް ކުރާ ނޫސްވެރިޔަކަށެވެ. އެ ނޫސްވެރިޔާއަށް އިންޒާރު ދީފައިވަނީ "ޑރ. ޖަމީލް ހަނދާން ކޮށްދެއްވީ އަދީބު އަކީ ކާކުކަން" ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއްގެ ފޭސްބުކުގެ ޕޯސްޓު ކޮމެންޓް ސެކްޝަނުގައެވެ.
ނޫސްވެރިޔާއަށް އިންޒާރު ދީފައިވަނީ ފާތިމަތު މަދީހާ ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުންނެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ ނޫސްވެރިޔާއަށް އިންޒާރުދިން މައްސަލަ ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ޗެނަލް 13 ގައި މަސައްކަތްކުރާ ނޫސްވެރިންނަށް އެފަދަ އިންޒާރުދީފައިވެއެވެ. އަދި ވަނީ ޗެނަލް 13 އަންދާލާނެ ކަމަށް ބުނެ ވެސް އިންޒާރު ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު