މަރުވެފައި އޮއްވާ ފެނުނު 6 އަސީރުންގެ މައްސަލައިގައި އިސްރާއީލުގެ ސަރުކަރާދެކޮޅަށް މުޒާހަރާތައް ފަށައިފިއެވެ.

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު ގިނަ އަދަދެއްގެ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާއިރު ބައެއް މީހުން ދިރިތިއްބާ ވަނީ ސަލާމަތްކޮށްފައެވެ.

އަސީރުން ސަލާމަތްކުރުމުގެ ނަމުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ވަނީ ގާޒާގައި ގަތުލްއާންމެއް ހިންގައި 40 ހާހަށްވުރެން ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

އިސްރާއީލާއި ހަމާސް ކުރަމުންދާ ހަނގުރާމަ ދިގުދެމިގެން ގޮސްފައިވާއިރު އިއްޔެ އިސްރާއީލު ސިފައިން ވަނީ ގާޒާގެ ޓަނަލެއްގެ ތެރެއިން އަސީރުންގެ ހަމީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ބުނެފައެވެ.

މަގުތަކަށް ނިކުމެފައިވާ މީހުންވަނީ ހަމާސް އާއި ސުލްހައިގެ ޑީލް ހަދައި އަސީރުން ސަލާމަތްކޮށްދިނުމަށް ގޮވާލާފައެވެ. ނަމަވެސް ނަތަންޔާހޫ ވަނީ ހަމާސް ނައްތާލެވެންދެން ހަނގުރާމަ ކުރިޔަށް ދާނެކަމަށް ވިދާޅުވެފައެވެ.