"އެލައިޑް ލައިފް ޕްރޮމޯޝަން" ގެ ނަމުގައި އެލައިޑް އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެލައިޑުން މިއަދު ބުނީ އެ ޕްރޮމޯޝަނަކީ 50 ޕަސެންޓު ޑިސްކައުންޓާ އެކު ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މިއަދު ލޯންޗް ކުރި ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރެންސް ޕްލޭނެއް ނަގާ ފުރަތަމަ 50 ކަސްޓަމަރުންގެ، ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެލައިޑުން ބުންޏެވެ.

ލައިފް ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށެވެ. އެ މުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރެންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓާމް އެޝުއަރަންސް ޕްލޭން ނުހިމަނައި ކަމަށް އެކުންފުނިން ބުންޏެވެ.

އެލައިޑުން ބުނީ ލައިފް އިންޝުއަރެންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދައި ސްމާޓް ސޭވިން ޗޮއިސަސްއަށް ހޭލުންތެރިކަން އުފައްދައެވެ. އަދި މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މިޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެލައިޑުން ވަނީ ނިންމައިފައެވެ.

އެގޮތުން ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބާ އެކު ކުރިއަށް ގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރު ވެސް ކުރިއަށްދާނެއެވެ. "އެލައިޑް ފެސްޓް" ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 13ގައި ހުޅުމާލެ، ސެންޓްރަލް ޕާކުގައެވެ.

އޭގެ އިތުރުންވެސް އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިޔަށްގެންދިޔުމަށްވެސް އެލައިޑުން ވަނީ ރާވައިފައެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އެލައިޑްގެ ހޮޓްލައިން، 1600 އަށް ގުޅުމުން ލިބޭނެއެވެ. އަދި އެލައިޑްގެ [ވެބްސައިޓްގެ](https://allied.mv/) ލައިވް ޗެޓް ހިދުމަތުން ވެސް ހޯދޭނެ ކަމަށް އެލައިޑުން ބުންޏެވެ.