ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ އަދި ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފުވުމުގެ ސަބަބުން ހުޅުމާލޭ ފޭސް ދޭއްގެ ހަ ކެފޭއެއް ބަންދުކޮށްފިއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކު ފޯސް އިން މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ސަރަހައްދުގައި ހިންގަމުން އަންނަ އަށް ކެފޭއެއް ބަލައި ފާސްކުރި ކަމަށެވެ.
އެ އޮޕަރޭޝަނުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާތަކުގެ އެހީގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ އަދި ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފަށް ހިންގި ހަ ތަނެއް ބަންދުކުރުމަށް ނޯޓިސްދީފައިވާނެ ކަމަށެވެ. އަދި ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ދިރިއުޅެމުންދާ ބިދޭސީންނާ ގުޅޭގޮތުން ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ ބުދަ ދަވަހު ވެސް އިމިގްރޭޝަނުން ވަނީ މާލޭގެ ތިން ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓުކޮށްފައިވާ ތަންތަން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން އެއް ބަލައި ބިދޭސީ ފަސް ފިރިހެނުންނާއި އެއް އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނާއި އިދާރާތައް ގުޅިގެން މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، އެ މީހުން ގެންދަނީ އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށާއި ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފަށް ހިންގާ ކެފޭ/ރެސްޓޯރެންޓްތަކާއި އެނޫންވެސް ތަންތަން ގެންދަނީ ބަންދު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު