ނޯތު ހާބަރުގައި އަޅާފައި އޮތް ބޯޓަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ ހުކުރު ދުވަހު އެ މައްސަލަ ރިޕޯޓް ކުރުމުން ވަގަށް ނެގި ރިހާކުރު ޓައްޕުތައް ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައިގެން ކުރި މަސައްކަތުން ރިހާކުރު ޓައްޕުތައް ފެނިފައިވާ ކަމަށެވެ. އެ ތަކެތި ހޯދީ މީހަކަށް ވިއްކާލައި، ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ ރިހާކުރު ޓައްޕުތަކުގެ އަގު 50،000 ރުފިޔާއަށް އަރާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު