ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އާ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ސައީދު ރޭ ހަމަޖައްސައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޓް (ޕީސީބީ) އިން، ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު ހަމަޖެއްސީ، އެތަނުގެ އެމްޑީ އަކަށް ހުންނެވި، ޒީނާ ޒާހިރު އިއްޔެ ހަވީރު އިސްތިއުފާ ދެއްވުމުވުންނެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.
ޕީއެސްއެމްގެ އާ އެމްޑީ ސައީދަކީ، އެޑިއުކޭޝަން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ، އެ މިނިސްޓްރީގޭ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ.
ސައީދު މިހާރު ވެސް ހުންނެވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޒީނާ އައްޔަންކުރި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު