އިސްލާމިކް މިިނިސްޓްރީން ކުރާ މަސައްކަތްތަކާއި ހޯދާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު ހިއްސާދާރަކީވެސް ރައީސް މުއިއްޒު ކަމަށެވެ. އަދި މިއަދު ރާއްޖޭގައި މިއޮތް ސަރުކާރަކީ އިސްލާމް ދީނަށް ނަސްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއް ކަމަށް ވިދާޅުވިއެވެ.
"މި ދުވަސް ވަރަކީ އަޅުގަނޑުމެންގެ އިސްލާމްދީނުގެ ހިދުމަތް ފުޅާކުރުމަށް އިސްލާމްދީން ފެތުރުއްވުމަށް މީސްތަކުންނާއި ހަމަޔަށް ހިދާޔަތު ގެންދިއުމަށް އަޅުގަނޑުމެންގެ ހަޔާތުގައި އަޅުގަނޑުމެންނަށް ލިބޭނެ ވަރަށްވެސް ބޮޑު ރަނުގެ ފުރުސަތެެއް. އެހެނީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން ދެމެހެއްޓުމަށްޓަކާ ނަސްރު ދޭނޭ ސަކުރާރެއް މާތްﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ގާއިމުވެފައި އޮތް އޮތުން އެއީ އަޅުގަނޑުމެން އެންމެންނަށް އެކަމުގެ އުފާވެރިކަން ލިބޭނެ ކަމެއްކަމާމެދު ޝައްކެއް ނުކުރަން" ޝަހީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސުންނީ އިސްލާމީ އަގީދާ ވަރުގަދަކޮށް އަހަދު ސުންނަތު ވަލް ޖަމާއަތުގެ އަގީދާ ހަރުދަނާ ކުރުމަށް ޒުވާނުންގެ ތެރޭގައި އެ ރޫހު ދިރުވާ އާލާކުރަން އިސްލާމިކް މިނިސްޓްރީން އެންމެ އިސްކަންދޭނެ މަސައްކަތް ކަމަށެވެ.
އެގޮތުން ފަސް އަހަރު ތެރޭ 1000 ހަތީބުން ތަމްރީނުކުރުމުގެ އަމާޒާއެކު އިމާމުވެ ހުކުރު ކުރާނެ ޒުވާން ހަތީބުން ތަމްރީނު ކުރަން ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން މި މަސް ނިމުމުގެ ކުރިން 300 ހަތީބުން ނެރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު