ސަރުކާރު މަސް ކުންފުނި، މިފްކޯއިން 1999 އިން ފެށިގެން މަސް ބަންދުކުރާ ފެސިލިޓީއެއް ހިންގި ކ. ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިފްކޯގެ ބެލުމުގެ ދަށުގައި އޮތް ކަނޑުއޮތްގިރިއަކީ އެ ކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ. އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ގާއިމުކޮށްފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ފެސިލިޓީއެކެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި މަހުގެ ތިން ވަނަ ދުވަހު އެ ރަށް އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށާއި އެއީ މި ވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލޭ ބަނދަރުން ޖާގައެއް ހޯދުމަށް އެޗްޑީސީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"ކަންނެލި މަސްވެރިކަމަށް މިހާރު އޮތް ގޮންޖެހުންތަކަށް އަލުގަނޑުމެން މިދަނީ ހައްލު ހޯދަމުން. ކަނޑުއޮތްގިރި ފަޅު ކަންނެލި މަސްވެރިކަމަށް ބޭނުންކުރުމަށް ވަރަށް ބޮޑު ހޭދައެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. އެކަމަކު އެންމެ އެކަށޭނެ ފަޅަކަށް ނުވި. އެހެންވެ މިހާރު އެޗްޑީސީއާ ވާހަކަ ދައްކައިގެން ހުޅުމާލޭ ފަޅު ކަންނެލި މަސްވެރިންނަށް އެކަށިގެންވާ ގޮތަށް ބޭނުންކުރެވޭ ގޮތް ހެދުމަށް ދަަނީ މަސައްކަަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކުރި އިރު، އެ ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ވަނީ ކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން 125 މީޓަރުގެ އެއްގަމު ތޮއްޓަކާއި 265 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު