ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ މައުރަޒެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް އެ މައުރަޒު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭގައި ކަމަށެވެ.
- ރަށްތައް
- ސިޓީތައް
- އަމިއްލަ ފަރުދުން
- ކުންފުނިތަކާއި ވިޔަފާރިތައް
- ތައުލީމުދޭ މަރުކަޒުތައް
- ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް
އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ މައުރަޒުގައި 81 ގިންތިއަކުން ވާދަކުރުމަށް ހުޅުވާލާނެ ކަމަށެވެ.
އަދި މައުރަޒުގައި ވާދަކުރުމުގެ ބައިގެ އިތުރުން ކްރިއޭޓިވް އިކޮނޮމިކް ޑިސްޓްރިކްޓާއި ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި އެންޓަޓެއިންމަންޓް ޑިސްޓްރިކްޓާއި އަދި މާކެޓް ޑިސްޓްރިކްޓެއް ހިމެނޭ ކަމަށްވެސް ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އާ އީޖާދުތައް އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުން އެފަދަ އީޖާދުތައް އުފައްދާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ރިސާޗް ގްރާންޓް ފަންޑުން އެހީތެރިކަން ދޭނެ ކަމަށެވެ.
އޭގެ އިތުރުން ބައިނަލްއަގުވާމީ ބައިވެރިންނަށް މައުރުޒުގައި ބައިވެރިވުމަށް ފުރުސަތުދީ އެކި ގައުމުތަކުގެ އިޖާދީ މަސައްކަތްތައް ބައިވެރިކުރުމުގެ ފުރުސަތުވެސް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު