އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސެޓަލައިޓެއް ޔޫއޭއީ އިން ލޯންޗުކޮށްފިއެވެ.
ޔޫއޭއީ އިން ހުކުރު ދުވަހު ޖައްވަށް ފޮނުވާލި ސެޓަލައިޓު އޭގެ ރާސްތާއަށް ވާސިލުވެފައިވާ އިރު، އެސެޓަލައިޓު ދައުރުވާނީ ދުނިޔެއާ އެންމެ ކައިރީ ފަށަަލައިގައި ކަމަށް އޮފިޝަލުން ބުނެއެވެ.
ޔޫއޭއީގެ ޓެކްނޮލޮޖީގެ ދެ ކުންފުނި ބަޔާނަތް އާއި ޔަހްސަޓް ގުޅިގެން ފޮނުވާލި އެސެޓަލައިޓް މެދުވެރިކޮށް ކޮންމެ ބާވަތެއްގެ މޫސުމެއްގައި ވެސް ދުވާލާއި ރޭގަނޑު ދުނިޔޭގެ އެޗްޑީ ކޮލިޓީގެ ފޮޓޯ ނަގާލެވޭނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ޔޫއޭއީ އިން މިދިޔަ އަހަރު ލޯންޗު ކޮށްފައިވާ އެގައުމުގެ އަމިއްލަ ސެޓަލައިޓުތައް ތާރަފް ކުރުމުގެ މެގަ ޕްރޮޖެކްޓްގެ ދަށުން ފޮނުވާލި އެ ސެޓަލައިޓުގެ ސަބަބުން އެބާވަތުގެ އިތުރު ސެޓަލައިޓުތަކެއް ފޮނުވާލުމަށް ވަނީ އަޒުމު ކަނޑައަޅައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ