ތައުލީމީ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓުން އެކުލަވާލަން ޖެހޭ ގަވައިދުތައް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް، އެ ދެ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ގަވައިދު ކޮމިޓީގެ ބައްދަލުވުމުގައި، ކޮމެޓީގެ މުގައްރިރު، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަނީ، ތައުލީމީ ގާނޫނުގެ ދަށުން އެ ދެ މިނިސްޓްރީން އެކުލަވައިލަން ޖެހޭ ގާނޫނުތައް ވިދާޅުވެފައެވެ. އެގޮތުން، އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް އެކުލަވާލައިފައިވާ 8 ގަވައިދުގެ ތެރެއިން ދެ ގަވައިދެއްގައި ފުށުއަރާ ކަންކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
އެއީ، ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގަވައިދާއި މުދައްރިސުންގެ ސްކޫލީ މިންގަނޑާ ގުޅޭ އުސޫލުގައި ހުރި ފުށުއެރުން ތަކެވެ.
މެންބަރު ނަސީމް ވަނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައިފައިވާ ބައެއް ގަވައިދުތައް ފާހަގަކުރައްވައި ފުށުއެރުން ހުރި ގަވައިދުތައްވެސް ވިދާޅުވެފައެވެ. އަދި އެކަމަށް ކޮމެޓީ މެންބަރުންގެ ހިޔާލަށް ހުޅުވައިލުމުން ގިނަ މެންބަރުން ބޭނުންވެވަޑައިގެންނެވީ، އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކޮށް، އެކުވެރި މާހައުލެއްގައި މަޝްވަރާކޮށް ގަވައިދުތަކާމެދު މަޝްވަރާކުރުމަށެވެ.
އެ ދެ މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވުމުން އެކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ތާއިދުކުރެއްވުމުން ވަނީ ކޮމިޓީ މެންބަރުންގެ މެދުގައި ވޯޓަކަށް އަހައިފައެވެ. އެ ވޯޓުން މެންބަރުންގެ އިއްތިފާގުން ފާސްވީ އެ ދެ މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށެވެ.
ކޮމިޓީގެ މެންބަރުން ވަނީ، ތައުލީމީ ގނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގަވައިދުތައް އަދިވެސް ހަދައިފައި ނުވުމުން އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު