އައްޑޫ ސީޓީގެ ހުޅުމީދޫ އާއި ހިތަދޫއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖުގެ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބަޔަކަށް ފުރުސަތު ދީފައިވާ ކަމަށް މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ ބުރިޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބްރިޖުގެ މަަސައްކަތްތަކާބެހޭގޮތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެއްކޮށް ނުކުރެވޭ ވަރުގެ އަގުބޮޑެތި ޕްރޮޖެކްތައް ކުރިއަށް ގެންދަނީ ފައިނޭންސް ހަމަޖައްސަން ބަޔަކާ ހަވާލު ކޮށްގެން ކަމަށެވެ.
އެ އުސޫލުގެ ދަށުން އެ މަޝްރޫއުގެ އަގުތަކާއި އެއްޗެހި ބެލުމަށްފަހު ފައިނޭންސް ހަމަޖައްސައިގެން ޕްރޮޕޯސަލް ހުށަހަޅަން އައްޑޫ ބްރިޖުގެ މަސައްކަތް ބަޔަކާ ހަވާޅުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަަށް ދީފައިވާ މުއްދަތު ހަމަވާނީ މިމަހުގެ ފަހުކޮޅުގައި ކަމަށާއި، އަގުގެ ގޮތުންނާއި ޓެކްނިކަލް ގޮތުން އެފަރާތުން ހުށަހަޅާ ހުށަހެޅުމަކީ ސަރުކާރަށް ގަބޫލުކުރެވޭ ހުށަހެޅުމެއް ނަމަ އެ މަސައްކަތައިގެން ސަރުކާރުން ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަގުގެ ގޮތުންނާއި ޓެކްނިކަލީ ސަރުކާރަށް އެކްސެޕްޓް ކުރެވޭނަމަ، ކުރިއަށް ގެންދާނަން ސަރުކާރަށް އެކްސެޕްޓް ނުކުރެވޭނެމަ އަނެއްކާވެސް އަޅުގަނޑުމެން ކުރިއަށް ގެންދެވޭގޮތެއް ބަލާނީ."
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ބްރިޖުގެ މަސައްކަތާބެހޭގޮތުން ޕްރޮޕޯސަލް ހުށަހަޅަން ހަވާލު ކޮށްފައިވާ ކުންފުންޏަކީ ޓެކްނިކަލީ ގާބިލު ކުންފުންޏެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު