އޮލިމްޕިކްސް އަށްފަހު އެނބުރި އަންނަ ކުޅުންތެރީންގެ ގައިން ތަންމަކުނުގެ އަސަރު ހުރިތޯބަލަން ނިންމައިފިއެވެ.
ދެކުނު ކޮރެއާއިން ވަނީ އެ ގައުމުގެ ކުޅުންތެރީން އޮލިމްޕިކްސްއަށްފަހު އެނބުރި ގައުމަށް ދިއުމާއެކު ތަންމަކުނަށް ސްކްރީން ކުރުމަށް އެގައުމުގެ މައި އެއާޕޯޓުގައި ތައްޔާރުވެފައެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ ވަސް ބަލައިގެން ތަންމަކުނު ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ކުއްތާތަކެއް އެއާޕޯޓުގެ އެރައިވަލްގައި ހަރަކާތްތެރިވާނެ ކަމަށް ބުނެފައެވެ. ކޮރެއާގެ އޮފިޝަލުން ވަނީ ތަންމަކުނުގެ ސަބަބުން އުފެދޭ ކެމިކަލް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ކުއްތާތަކަށް ހާއްސަ ތަމްރީނުތަކެއް ދީފައިވާކަމަށް ފާހަގަކޮށްފައެވެ.
މި މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވަނީ ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ސެކިއުރިޓީ އެންޑް ޓްރާންސްޕޮޓޭޝަން އާއި އެ ގައުމުގެ ޕެސްޓު ކުންފުންޏެއް ގުޅިގެންނެވެ.
ދެކުނު ކޮރެއާގެ 144 ކެންޑިޑޭޓުން އޮލިމްޕިކްސްގައި ބައިވެރިވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ