އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން އޭނާއަށް ދެންނެވި ހޫނު މަރުހަބާ އާއި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައި ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިހުންނަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ. ތިން ދުވަހުގެ އެ ދަތުރުގައި ޖައިޝަންކަރު މިއަދު ވަނީ ރައީސް މުއިއްޒާ ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުވުމަށްފަހު ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ، އިންޑިއާ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެ އަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ވަރުގަދަކުރުމުގައި ދެމި ހުންނަވާނެ ކަމަށާއި އުޖާލާ މުސްތަގުބަލެއް ސަރަހައްދަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު