އިސްރާއީލުން ގާޒާގެ ސްކޫލަކަށް ހަމަލާދީ 90 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.
ގާޒާގެ ސިވިލް ޑިފެންސުން ވަނީ އެ ސިޓީގެ އަލްތާބީގައި ހުންނަ އަލް ދަރާޖް ނެއިބާ ހޫޑަށް ހޮނިހިރު ދުވަހު ހަމަލާ ދިން ވަގުތު އެސަރަހައްދުގައި ހުރި މިސްކިތެއްގައި ނަމާދު ކުރަމުންދިޔަ ބަޔަކުވެސް ޝަހީދުވެފައިވާކަމަށް ބުނެފައެވެ.
އެ ސަރަހައްދަކީ ހަމާސް އިން އޮޕަރޭޓުކުރާ ސަރަހައްދެއް ކަމަށް ބަލައި އެ ސަރަހައްދަށް ހަމަލާ ދީފައިވާނެ ކަމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ވަނީ ބުނެފައެވެ.
ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 93 އަށް އަރާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މިހަމަލާ އަކީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ފަހުން އިސްރާއީލުން ގާޒާގެ ސްކޫލުތަކަށް އަމާޒުކޮށް ދީފައިވާ ފަސްވަނަ ހަމަލާއެވެ.
އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ފަށާފައިވާ ގަތުލް އާންމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 40،000 އާއި ކައިރިކޮށްފައިވާއިރު 90،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ