އާރުޓީއެލް ފެރީ ވަގުތާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ހެނދުނު ކޫއްޑޫއަށް ފުލައިޓުތައް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ކޫއްޑޫއަށް ހެނދުނު، ފުލައިޓުތައް ބާއްވަން ނިންމީ އާރުޓީއެލް ފެރީގެ ޝެޑިއުލަށް، ފުލައިޓު ދަތުރުތައް ފައްޓަން ކަމަށެވެ.

އެގޮތުން މޯލްޑިވިއަނުން ކޮންމެ ދުވަހެއްގެ ހެނދުނު 7:50 ގައި މާލެއިން، ކޫއްޑޫގައި ދަތުރުކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އަދި ކޫއްޑޫއަށް ފުލައިޓު ޖައްސާނީ ހެނދުނު 8:55 ގައި ކަމަށެވެ.

އަދި ބުނީ އާރުޓީއެލް ފެރީ ކޫއްޑޫއިން، ގއ. ވިލިނގިއްޔަށް ދަތުރުކުރާނީ 9:30 ގައި ކަމަށާއި 9:40 ގެ ފެރީގައި ވިލިނގިއްޔަށް ދެވޭނެ ކަމަށެވެ.