ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފުލެޓު ކައިރީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވޯޑަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު "ވަން" އަށް ބުނީ ވިނަރެސް ފުލެޓު ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި އިއްޔެ ފަރުވާދިނުމަށްފަހު މިއަދު ވޯޑަށް ނެރެފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ.
ހުޅުމާލެ ފޭސް ދޭއް ވިނަރެސް ފުލެޓު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެއްޓެއް ހިނގާފައިވާ ކަމަށް އިއްޔެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކުރިއެވެ.
ވިނަރެސް ފުލެޓުތައް ކައިރިން ރަތްކުލައިގެ ކާރެއް ބާރު ސްޕީޑުގައި ދުއްވާފައި އައިސް ކޮންޓްރޯލުނުވެ، މަގުގެ އެއްފަޅީގައި ސައިކަލުމަތީ އިން ފިރިހެން މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވާ ތަން ފެންނަ ވީޑިއޯ އިއްޔެ ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެ ވީޑިއޯ އިން ސައިކަލު މަތީގައި އިން މީހާ ވިއްސާއިގެން ގޮސް އެ މަގުގައި ހުރި ފިހާރައެއްގެ ދޮރުމައްޗަށް އެމީހާ ވެއްޓޭތަންވެސް ފެނެއެވެ.
އެކްސިޑެންޓަށްފަހު އެވަގުތު ކާރުގައި ތިބި ތިން މީހުންވެސް ފިލި ނަމަަވެސް، ފުލުހުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެކްސިޑެންޓާ ގުޅިގެން ތިން މީހުން ހޯދައި ހައްޔަރު ކުރި ކަމަށެވެ.
ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ވަނަވަރު ވެސް އާންމުކޮށްފައެވެ. އެއީ ކ. މާލެ، ހ. ނޫރަންމާގެއާގެ، އިކްރާމްރަހުމާނާއި ކ. މާލެ، މ. ލޭންޑްއޮފްގާޑެން، އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއިލެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު