ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިސްމާއީލް ހަބީބު އަބްދުއްރަހީމް، އެ ކޮމިޝަނަށް އައްޔަންކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ހަބީބު މީގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ. ނަމަވެސް އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު މިދިޔަ މާޗް މަހު އޭނާ ވަނީ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ.
ހަބީބު، އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ގައެވެ. ކޮމިޝަން މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަބީބު ފިޔަވައި ދެން ތިއްބެވި، އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައްވެސް ރައީސް މަޖިލީހަށް ފޮނުއްވި ލިސްޓުގައި ހިމަނުއްވާފައިވެއެވެ.
ނަމަވެސް ކޮމިޓީން ފާސްކުރީ ހަބީބުގެ ނަން ކަމުން މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ނިންމުން ފޮނުވުމުން މަޖިލީހުގައި ވޯޓަށް އަހާނީ ހަބީބުގެ ނަމަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު