ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ އިސް ބޭފުޅުން ހާޒިރުުކޮށްގެން މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
241 ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ އެންސީޓީސީން މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެތަނުގެ އިސް ބޭފުޅުން ހާޒިރުކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުމެއްް ކަމަށެވެ. ނަަމަވެސް އެއީ ކޮންކަމަކާ ގުޅޭ ރިޕޯޓެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ސަލީމް ވިދާޅުވީ އެއީ ސިއްރު ރިޕޯޓެއް ކަަމަށާއި އެ ރިޕޯޓު ސިއްރުކޮށްދިނުމަށް އެންސީޓީސީންވެސް އެދިފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމްގެ ވާހަކަތަކާ ގުޅިގެން ކޮމިޓީ ބައްދަލުވުން ސިއްރުކުރެއްވުމަށް ހުށަހެޅުއްވީ އެ ކޮމިޓީގެ އިންނެވި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ވަގުތު ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކޮމިޓީ ސިއްރުކުރަން ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު