ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކޮށްފައިވަނީ އީޔޫން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހުއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު އީޔޫ އާއެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ސަފީރާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެ މަޝްވަރާގައި ރާއްޖެއިން ސަމޯއާ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި ގުޅިގެން ރާއްޖެ އިން އެކްސްޕޯޓް ކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ބުންޏެވެ.
ރާއްޖެއިން އީޔޫ އާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 1983 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު