އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އެންގެވުމަކަށް ބޭއްވި ސެކިއުރިޓީ ކެބިނެޓުގެ ބައްދަލުވުން ބާއްވާފައިވަނީ ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު އިސްރާއީލަށް ފްލައިޓު ޖެއްްސިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

އިސްރާއީލުގެ އެއާޕޯޓަށް ފްލައިޓު ޖެއްސުމާއެކު ނަތަންޔާހޫ ވަނީ ތެލްއަވީވްގައި ހުންނަ އިސްރާއީލުގެ ޑިފެންސް ފޯސްގެ މިލިޓަރީ ހެޑްކުއާޓަރުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވަގުތުން ބައިވެރިވެވަޑައިގެންފައެވެ.

ސެކިއުރިޓީ ކެބިނެޓުގައި މަޝްވަރާ ކުރި ކަންކަމުގެ މައުލޫމާތު އަދި ހިއްސާކޮށްފައި ނުވި ނަމަވެސް، އިސްރާއީލުން ހިޒްބުﷲ އާ ދެކޮޅަށް އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ރާވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު އިސްރާއީލަށް ހަމާސް އިން ދިން ކުއްލި ހަމަލާއަށްފަހު އިސްރާއީލަށް އަމާޒުވި އެންމެ ނުރައްކާތެރި ހަމަލާ، ޔަމަނުގައި ހަރަކާތްތެރިވާ ހިޒަބުﷲ އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ދީފައެވެ.

ހިޒްބުﷲ އިން އިސްރާއީލަށް ދިން ހަމަލާގައި 12 މީހުން މަރުވެފައިވާ އިރު، 40 އަށްވުރެ ގިނަ މީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.