އއ. ރަސްދޫގައި ހަށިވިއްކަމުންދިޔަ ސްޕާއެއް ރެއިޑްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އިއްޔެގެ ވަގުތެއްގައި ރަސްދޫގެ ޝާހިލް ގޭގައި، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް ސްޕާއެއްގެ ނަމުގައި ހިންގާ "ބްލޫ ވެލި ސްލޫން އެންޑް ސްޕާ" ގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަމުގެ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
"މި މައްސަލައިގައި ކޯޓު އަމުރެއްގަ ދަށުން ބްލޫ ވެލި ސެލޫން ބަލައިފާސްކޮށް ހަށިވިއްކާ ކަމުގެ ތުހުމަތުގައި އުމުރުން 42 އަދި 27 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައިވޭ،" ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު