އިތިޔޯޕިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވަޅުލެވުނު މީހުންގެ އަދަދު 500 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އދ. އިން ބުނެފިއެވެ.
ދެކުނު އިތިޔޯޕިއާގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި އެގައުމުގެ ގޯފާ ޒޯން ވަޅުލެވިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މިދިޔަ ހަފުތާގެ ކުރީ ކޮޅު ހިނގި އެ ހާދިސާ އަށްފަހު ރެސްކިއުޓީމުތަކުން ދަނީ ހުއްޓުމެއް ނެތި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އިތިޔޯޕިއާގައި ބިންގަނޑު ކަނޑައިގެން ގޮސް ވަޅުލެވުނު މީހުންގެ ތެރެއިން މިހާތަނަށް 250 މީހެއްގެ ހަށިގަނޑު ވަނީ ހޯދައިފައެވެ. 1000 ވަރަކަށް މީހުން ދިރިއުޅޭ އެސަރަހައްދުގައި ވަޅުލެވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 500 އަށް އަރާނެ ކަމަށް އދ. އިން ލަފާކޮށްފައިވާ އިރު، ގިނަ އަދަދެއްގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން އެސަރަހައްދުގައި ތިބި ކަމަށް އެ އިދާރާއިން ބުނެއެވެ.
އދ. އިން ވަނީ އިތިޔޯޕިއާ ސަރުކާރުން މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ