ނޭޕާލްގައި ފްލައިޓެއް ވެއްޓި 18 މީހުން މަރުވެއްޖެއެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އެއާޕޯޓް ކައިރިއަށް ވެއްޓުނީ ކަތަމަންޑޫ އިން ހިމާލިޔާ ސަރަހައްދުގެ ޕޮކަރާއަށް ދަތުރުކުރި އެ ގައުމުގެ ދަ ސައުރްޔާ އެއާލައިންސްގެ ފްލައިޓެކެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުން ފްލައިޓް ވެއްޓިފައިވަނީ ރަންވޭއިން ނައްޓާލި ތަނުންނެވެ. އަދި ފްލައިޓް ވެއްޓުމާއެކު ގޮވައި، ބޮޑު އަލިފާންގަނޑެއް ފެނިގެންދިޔަ ކަމަށް ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ހާދިސާގައި ފްލައިޓުން ދަތުރުކުރި 18 މީހުން މަރުވި އިރު، ސަލާމަތްވީ ހަމައެކަނި ޕައިލެޓެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ޕައިލެޓަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ