ދެކުނު އެފްރިކާގައި ޑްރަގް އުފައްދާ މަލްޓިމިލިއަން ޑޮލަރުގެ ލެބެއް ފެނިއްޖެއެވެ.
ދެކުނު އެފްރިކާގެ ފުލުހުން ވަނީ އެ ގައުމުގެ އުތުރުގައި ހިންގަމުން ގެންދިޔަ މަސްތުވާތަކެތި އުފައްދާ ލެބް ހޯދައި އެކަމުގައި ހަރަކާތްތެރިވަމުން ދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.
ސައުތު އެފްރިކާގެ ފުލުހުން ބުނެފައިވާ ގޮތުގައި، މި ފާމް ފެނިފައި ވަނީ އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ ހަރަކާތެއްގައެވެ.
ފުލުހުންގެ ހާއްސަ ޓީމަކުން އެ ފާމް ބަލައި ފާސްކުރުމަށްފަހު ވަނީ އެތަނުގައި ޑްރަގް އުފެއްދުމަށް ބޭނުންކުރާ ކެމިކަލް ގިނަ އަދަދަކަށް ހޯދާފައެވެ. ފުލުހުން ވަނީ އެ ކެމިކަލަކީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ''މެތް'' އުފެއްދުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ އެތަނުން ފެނުނު ކެމިކަލްގެ އަގު 109.4 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.
ދެކުނު އެފްރިކާގެ ފުލުހުން ވަނީ އެތަނުން ލިބުނު މައުލޫމާތުތަކާއި ހައްޔަރުކުރި މީހުންގެ ފަރާތުން ލިބޭ މައުލޫމާތުތަކަށް ބަލައި ބޮޑު ތަހުގީގެއް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ