ށ. މާއުނގޫދޫ ބަނދަރު ތަރައްގީގެ މަޝްރޫއުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީ އިން ބުނެފިއެވެ.
މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަަ އަހަރުގެ މެއި މަހުގައެވެ. އެއީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން މިއަދު މީޑިއާތަަކަށް ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށާއި އެ މަޝްރޫއުގެ މަސައްކަތުގެ ދަށުން އެކްސެސް ޕްލެޓްފޯމްގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި ސައިޓުގައި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އާ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 71 ޕަސެންޓް މަސައްކަތްވެސް ނިމިފައިވާ ކަމަށް ބުންޏެވެ.
- 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
- 3,245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
- 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
- 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
- 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 1،509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން
- ރޭމްޕެއް ހެދުން، ކޮންކްރީޓް ޖެޓީއެއް ހެދުން، ބަނދަރު ބައްތި ހަރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު