ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ 51 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 16 ސެޕްޓެމްބަރު 2022ގައެވެ. މި މަޝްރޫއުއަކީ 42.45 މިލިއަން ރުފިޔާގެ މަޝްރޫއެކެެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމުގެ މަސައްކަތް ސައިޓުގައި މިހާރު ކުރިއަށްދާއިރު މަޝްރޫއުއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

  • ބަނދަރު ބައްތި ހަރުކުރުން
  • އެކްސަސް ޕްލެޓްފޯމެއް ގާއިމުކުރުން
  • 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން
  • 32,381 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އާ ބަނދަރު ފުންކުރުން
  • 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން
  • 7,071 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުން