ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ނެކުރެންދޫ ބަދަރު ތަރައްގީގެ މަޝްރޫއު ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 31 އޮކްޓޯބަރު 2022ގައެވެ. އެއީ 45.11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން މިއަދު ބުނީ ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

  • މޫރިން ބޮއެ ހަރުކުރުން
  • ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން
  • 366 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 1،985 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން
  • 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުން
  • 1،859 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމެންޓް އެޅުން
  • 22،323 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުން
  • 6،806 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުން