ރާއްޖޭގައި ކަސްރަތާއި ދުވުމުގެ ހަރަކާތްތައް އިންތިޒާމުކުރާ "އައިރަނާސް"ގެ ފަރާތުން ބާއްވާ މޯލްޑިވްސް ހާފް މެރެތަން 2024ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް ހާފް މެރަތަންއަކީ "އައިރަނާސް"ގެ ފަރާތުން މުޖުތަމައުގައި ސިއްހީ ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ ދުވުމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ މޯލްޑިވްސް ހާފް މެރަތަން 2024ގެ މެޑިކަލް ޕާޓްނަރުގެ ހައިސިއްޔަތުން އިއްޔެ ބޭއްވި މޯލްޑިވްސް ހާފް މެރަތަން އެކްސްޕޯގައި ދުވުންތެރިންނަށް ހިލޭ ބޭސިކް ހެލްތް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މާދަމާ ބާއްވާ ދުވުމުގައި ސިއްހީ ހިދުމަތާއި ފަސްޓް އެއިޑް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުގެ އެމްބިއުލާންސް އަދި ޑޮކްޓަރުން ހަރަކާތްތެރިވާނެ ކަމަށްވެސް ބުންޏެވެ.
"މުޖުތަމައުގެ ސިއްހީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރުކޮށް 'ހެލްތީ ލައިފްސްޓައިލް' ޕްރޮމޯޓްކުރާ މިފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މަރުހަބާ ކިޔަން. ކުރިއަށް އޮތް ތަނުގައިވެސް އަދި މިފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން އެއްބާރުލުން ދޭނެ" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވިއެވެ.
މި ދުވުމުގެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ 21 ކިލޯމީޓަރުގެ ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު ފަން ރަން، އިންލައިން ސްކޭޓިން އަދި ވީލްޗެއާ ރޭސް 5 ކިލޯމީޓަރެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތް ތަކާއެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ މަޝްހޫރު ދުވުންތަކާއި އެހެނިހެން ހަރަކާތްތަކަށް ފަސްޓް އެއިޑް އަދި މެޑިކަލް ސަޕޯޓް ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު