ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ "އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައި ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ހަދަން ސަރުކާރުން ނިންމައިފިއެވެ.
ޖުމްހޫރީ މައިދާން ކައިރީގައި ހުންނަ އެސްއެމްއީ ހަބްގެ އެންމެ ތިރީ ބުރީގައި ހަދާފައި ހުރީ ބޭކަރީއަކާއި ކުޑަ ލައިބްރަރީ އެކެވެ. ފުރަތަމަ އަދި ދެވަނަ ފްލޯތައް ދޫކޮށްފައި ހުންނަނީ ކުދި ވިޔަފާރިތަކުގެ ކެފޭއާއި ފިހާރަތައް ހިންގުމަށެވެ. އޭގެ އިތުރުން އެތަނުގައި 25 މީހުންގެ ޖާގައިގެ ސިނަމާއަކާއި ކުޑަކުދިން ކުޅޭ ސަރަހައްދެއްވެސް ހަދާފައި ހުރެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ވަން" އަށް މިއަދު ވިދާޅުވީ، އެ އިމާރާތުގެ ގްރައުންޑް އަދި ދެ ވަނަ ފްލޯއަށް ބަދަލުތަކެއް ގެނެސް ޑިވެލޮޕްމަންޓް ބޭންކާއި ފައިނޭންސް ސެންޓަރު އެ ދެ ފްލޯގައި ހަދާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެސްއެމްއީ ހަބްގައި މިހާރު ހިންގާ ކުދި ވިޔަފާރިތައް މާލޭގެ އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެސްއެމްއީ ހަބް ހިންގާ އިމާރާތަށް ސަރުކާރުން މަހަކު ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާ ކުލީގެ ގޮތުގައި ދައްކާ ކަމަށާއި އެތަން މިހާރު ހިންގަނީ ދެކޮޅުޖެހޭ މޮޑެލަކަށް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު