އަމިއްލަ ކުންފުންޏެއްގެ އޮފީހަކަށް ވަދެ، 1.5 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ފަސް މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު، މާފަންނު ހަވީރީ ހިނގުމުގައި ހުންނަ އަލިހަވާ ބިލްޑިންގެ އަށް ވަނަ ފަންގިފިލާގައި ހުންނަ އަލިހަވާ ޓްރޭޑިންއަށް ގްރޫޕަކުން ވަދެ 1.5 މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އެ ވައްކަމާ ގުޅިގެން، މިހާތަނަށް 31-38 އަހަރާ ދެމެދުގެ ދިވެހި ފަސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
"އެއްވެސް ފައިސާއެއް އަދި ރިކަވާއެއް ނުކުރެވޭ،" އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ ހައްޔަރުގައި ހުރި، އަދި ގިނަ ކުށްތަކެއްގެ ރެކޯޑް އޮތް، 33 އަހަރުގެ އަބްދުﷲ ޖަމީލު، އއ. މަތިވެރި، ހަނދުވަރީގެ، ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ. އޭނާގެ ކޯޓު އަމުރުގައިވާ ގޮތުގައި، އެއީ، އިންތިޒާމުވެގެން ރާވައިގެން ބަޔަކު ހިންގި ކުށެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު