ހިޒްބުﷲ އިން އިސްރާއީލަށް 200 އަށްވުރެ ގިނަ މިސައިލު ހަމަލާ ދީފިއެވެ.

ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ހިޒްބުﷲގެ ކޮމާންޑަރު މުހައްމަދު ނައީމަހް ނަސީރަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވުމާ އެކު ބަދަލު ހިފުމަށް ހިޒްބުﷲ އިން ދިން ހަމަލާތަކުގައި އިސްރާއީލުގެ މިލިޓަރީ ސައިޓުތަކަށް މިސައިލުތައް ވެއްޓިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިސްރާއީލުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތެއްގެ ހަމަލާ ރޭވުމުގައި ހަރަކާތްތެރިވި އިސް ކޮމާންޑަރު މުހައްމަދު ނައީމަހް ނަސީރު އަވަހާރަ ކޮށްލާފައިވާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.

ހިޒްބުﷲ އިން އިއްޔެ ދިން ހަމަލާ އަކީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.

އިސްރާއީލުން ވަނީ ހިޒްބުﷲގެ ބައެއް މިސައިލުތައް ނައްތާލާފައިވާނެ ކަމަށާއި ވެއްޓިފައިވަނީ ވައިގެ ތެރޭގައި ގޮވާފައިވާ މިސައިލުތަކެއް ކަަމަށް ބުނެފައެވެ. އެ ހަމަލާތަކުގައި އިސްރާއީލަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ހާމަކޮށްފައެއްް ނުވެއެވެ.

އިސްރާއީލާއި ޔަމަނު ލުބުނާން ގުޅޭ ބޯޑަރު ހިމެނޭ ސަރަހައްދުގައި ދެފަރާތުން ކޮންމެ ދުވަހަކުވެސް ހަމަލާ ބަދަލު ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.